އައިއޯޖީ ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުގެ ޝަރަފު ދީމާއަށް

މިއަދު ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ރާއްޖެއަށް އައިއޯއައިޖީގައި އެންމެ ...

28 Jul 2019 | 05:30

މިއަދު ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ރާއްޖެއަށް އައިއޯއައިޖީގައި އެންމެ ގިނަ ރަން މެޑަލް ހޯދައިދިން ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް ދީފިއެވެ.

ރޭ މޮރިޝަސްގައި ކުރިއަށް ދިޔަ އުފާފާޅުކުރުމުގެ އިވެންޓެއްގެ ތެރެއިން 11 އަހަރުގެ ދީމާއާ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް ވަނީ ދިދަ ހަވާލު ކުރައްވާފައެވެ.

އައިއޯއައިޖީގައި ދީމާ ވަނީ އިއްޔެ ހެނދުނު ކުރިއަށްދިޔަ ޓީޓީ ވިމަންސް ސިންގަލްގެ ފައިނަލް އިން ކާމިޔާބު ހޯދައި، ރަން މެޑަލް ހާސިލް ކޮށްފައެވެ. މީގެ އިތުރުން ޓީޓީ ވިމަންސް ޑަބަލް އިވެންޓްގައި ދީމާ އާދި އައިމިނަތު ރަފާގެ ޕެއާ ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި ޓީޓީގެ ޓީމް އިވެންޓުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމް ވަނީ ރަން މެޑަލް ހާސިލްކޮށްފައެވެ.

އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާފައިވަނީ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ޒަބީރު (ޒަބީ) އެވެ.

މިއީ މިފަދަ ޝަރަފެއް މިހާ އުމުރުން ހަގު ކުޅުންތެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް