ސައުދީން ޔަމަނަށް ހަދިޔާކުރި ކަދުރު ދޮރުން ދޮރަށް ބަހައިފި

ދަ ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސްރިލީފް) އިން ޔަމަނަށް ހަދިޔާކުރި ކަދުރު ދޮރުން ދޮރަށް ބަހައި ހުސްކޮށްފި އެވެ. ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި...

28 Jul 2018 | 11:52

ދަ ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭއެސްރިލީފް) އިން ޔަމަނަށް ހަދިޔާކުރި ކަދުރު ދޮރުން ދޮރަށް ބަހައި ހުސްކޮށްފި އެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ކަދުރުގެ ތެރެއިން 900 ފޮށި ޔަމަނުގެ ސީހޫތު، ނަޝްތޯން އަދި އަލް-މަހްރާން ގަވަރުނޭޓްގެ ގެ ތަކަށް ބަހާފައި ވެ އެވެ. ޖުމްލަ 10 ހާސް ރައްޔިތުންނަށް އެ ކަދުރު ބަހާފައިވާކަމަށް ބުނެފައި ވެ އެވެ.

މީގެ އިތުރުން ޤަތޫބާ އަދި ދާލޭ ޕްރޮވިންސަށް 2033 ފޮށި ބަހާފައިވާއިރު އެ ކަދުރު 12،235 މީހަކަށް ލިބޭނެކަމަށް ބުނެފައި ވެ އެވެ.

ޔަމަނުގެ އިތުރުން މުސްލިމު ގިނަ ގައުމުތަކަކަށް ކޮންމެ އަހަރަކު ސައުދީން ކަދުރު ބަހަ އެވެ. ރާއްޖެއަށްވެސް ކަދުރު ބަހަން ދީފައި ވެ އެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި ރާއްޖެއަށް ބަހަން ހަވާލުކުރި ކަދުރު މިހާރު ވަނީ ބަހާ ނިންމާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް