ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމަށް، އިދިކޮޅު ކޯލީޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ކެނޑިޑެސީ ފޯމު އެ ކޮމިޝަނުން ބަލައިގަނެ ކެނޑިޑެސީ ލިޔުން ހަވާލުކޮށްފި އެވެ.
އެކަން ހާމަކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި އެވެ.
އެ ޓްވީޓްގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިބޫގެ ކެނޑިޑެސީ ފޯމު އެ ކޮމިޝަނަށް ބަލައިގަނެ، ކެނޑިޑެސީ ގަބޫލުކުރިކަމުގެ ލިޔުން ހަވާލުކޮށްފައިވާކަމަށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން ހަތަރު ފަރާތަކުން ހާމަކޮށްފައިވާއިރު އަދި މިހާތަނަށް ކެނޑިޑެސީ ފޯމު ލާފައިވަނީ އިދިކޮޅު ކޯލީޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާއި އިދިކޮޅު ކޯލީޝަންގެ ރަނިންމޭޓް ފައިސަލް ނަސީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް