ޝޭމްޕޫ ފުޅިއެއްގައި ރައްކާކޮށްގެން ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯ މަސްތުވާތަކެތި އަތުލައިގެންފި

އިއްޔެ ހެނދުނު އިންޑިއާއިން ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެ އެތެރެކުރަން އުޅުނު މީހާ ހައްޔަރުކޮށްފިއެވެ. ކަސްޓަމްސުން ބުނެފައިވާގޮތުގައި 2019 ޖޫން 28 ވަނަ ދުވަހު ...

28 Jun 2019 | 15:02

އިއްޔެ ހެނދުނު އިންޑިއާއިން ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެ އެތެރެކުރަން އުޅުނު މީހާ ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސުން ބުނެފައިވާގޮތުގައި 2019 ޖޫން 28 ވަނަ ދުވަހު އިންޑިޔާގެ ޓްރެވިންޑްރަމްއިން ރާއްޖެއައި 21 އަހަރުގެ ދިވެހި ފިރިހެނެއް ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ފުޅިތަކެއް ފެނިފައިވެއެވެ.

ކަސްޓަމްސްއިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެއް ކިލޯގެ މި މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައިވަނީ "ނިވިއަ މެން" ބްރޭންޑްގެ ޝޭމްޕޫ ފުޅިއެއްގައި ރައްކާކޮށްގެންނެވެ.

"މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 1.096 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 667،000.00 ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ." ކަސްޓަމްސުން ބުނެފައިވެއެވެ.

މި މައްސަލައިގާ ފުލުހުން ބުނެފައިވަނީ މިއަދު 11:35 ހާއިރު އެއާ އިންޑިއާ އެއާލައިންސް އިން ރާއްޖެ އައި 21 އަހަރުގެ ދިވެހި ފިރިހެނެއް މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށެވެ. އަދި މި މީހާ މިހާރު ހައްޔަރުކޮށްފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް