ރ. މަޑުއްވަރީގައި ފުލުހެއްގެ ކަރުގައި ހިފާ މާރާމާރީއެއް މިއަދު ހިންގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގާ 22 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މާރާމާރީ ހިންގާފައިވަނީ ރަށު ޕިކަޕެއް ބޯޑު ހަރުނުކޮށް، ލައިސަންސް ނެތް މީހުން ދުއްވަމުންދާތީ ތަކުރާރުކޮށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުންވެސް އެކަން ރަނގަޅު ނުކޮށް ދުއްވަމުންދާތީ ރަށު ޕިކަޕު ޓޯ ކޮށް ޕޮލިސް ސްޓޭޝަނަށް ގެނައުމަށްފަހު، އެ ޕިކަޕު ބަލާ އައުމަށް ވެރިފަރާތަށް އެންގުމުން އޭނާ ރަޖިސްޓްރޭޝަން ބޯޑު ހިފައިގެން ބަޔަކާއެކު ޕިކަޕު ބަލައި ޕޮލިސް ސްޓޭޝަނަށް ގޮސް ހިންގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
މަޑުއްވަރީގައި ފުލުހެއްގެ ކަރުގައި ހިފާ މާރާމާރީއެއް ހިންގާފައިވާއިރު މާލޭގައި އިއްޔެ، މީހަކަށް މަގުމަތިން ނަސޭހަތްތެރިވުމުން ފުލުހަކާ ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް މާރާމާރީ ހިންގާފައިވެއެވެ. އެ މީހާ ސައިކަލު ދުއްވީ ކުޑަ ކުއްޖަކުވެސް ގޮވައިގެން ކަމަށާއި އުމުރުން 31 އަހަރުގެ މީހާ އިއްޔެ ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް