ސައުދީން ދިން ރިސްވަތެއްގައި ހިފިކަމަށް އިންޑޮނޭޝިޔާގެ ދީނާއިބެހޭ ވަޒީރު އެއްބަސްވެވަޑައިގެންފި

އިންޑޮނޭޝިޔާގައި ހުންނަ ސައުދީ އެމްބަސީން ދިން ރިޝްވަތެއްގައި ހިފިކަމަށް އިންޑޮނޭޝިޔާގެ ރިލީޖިއަސް އެފެއާޒް މިނިސްޓަރު އެއްބަސްވެވަޑައިގެންފިއެވެ. ލުކްމާން ހާކިމް ސައިފުއްދީން އެއްބަސްވެވަޑައިގެންނެވީ...

28 Jun 2019 | 10:41

އިންޑޮނޭޝިޔާގައި ހުންނަ ސައުދީ އެމްބަސީން ދިން ރިޝްވަތެއްގައި ހިފިކަމަށް އިންޑޮނޭޝިޔާގެ ރިލީޖިއަސް އެފެއާޒް މިނިސްޓަރު އެއްބަސްވެވަޑައިގެންފިއެވެ.

ލުކްމާން ހާކިމް ސައިފުއްދީން އެއްބަސްވެވަޑައިގެންނެވީ ސައުދީން ރިޝްވަތުގެ ގޮތުގައި ދިން 30 ހާސް ޑޮލަރުގައި ހިފި ކަމަށެވެ. އަދި އޮފީހުގައި އެ ފައިސާ ރައްކާކުރި ކަމަށެވެ.

އޭނާ މިކަމަށް އެއްބަސްވެވަޑައިގެންނެވީ އެ ގައުމުގައި އޮންނަ، އިންޓަނޭޝަނަލް މުސާބަޤާ ތިލާވަތިލް ޤުރުއާން ކޮމިޓީއަށް ދިން ބަޔާނެއްގައެވެ.

އޭނާ ބުނެފައިވަނީ އެ ފައިސާއަކީ ކޮރަޕްޝަންގެ ގޮތުގައި ދިން ފައިސާ ކަމަށާއި އަދި އެ ފައިސާ ލިބުނުކަން އެ ގައުމުގެ ކޮރަޕްޝަން އިރޭޑިކޭޝަން ކޮމިޝަނަށް އަންގާފައިނުވާނެ ކަމަށެވެ. އަދި އޮފީހުގައި އެ ފައިސާ ރައްކާ ކުރި ކަމަށާއި ބޭނުން ނުކޮށް ގިނަ ދުވަސް ވުމުން އެ ފައިސާގެ މަތިން ހަނދާން ނެތުނު ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އިންޑޮނޭޝިޔާގެ ގާނޫނު ބުނާގޮތުގައި، އެއްވެސް، މީހަކު ނުވަތަ ތާކުން ހަދިޔާއެއްގެ ގޮތުގައި ނަމަވެސް ސަރުކާރުގެ މުވައްޒަފަކަށް އެއްޗެއް ދީފިނަމަ 30 ދުވަހުގެ ތެރޭގައި އެކަން އެ އެ ގައުމުގެ ކޮރަޕްޝަން އިރޭޑިކޭޝަން ކޮމިޝަނަށް ހުށަހަޅަން ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް