ޖީއައިއެސްގެ “ޓްރައިތޮލަން އްކްސް” ގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފި

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި "ޓްރައިތޮލަން އެކްސް" ކުޅިވަރު ޙަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފަށްޓަވައިދެއްވައި އެ ޙަރަކ...

28 Jun 2019 | 10:14

ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި "ޓްރައިތޮލަން އެކްސް" ކުޅިވަރު ޙަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފަށްޓަވައިދެއްވައި އެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ޙަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު ސޯޝަލް ސެންޓަރު ސަރަޙައްދުގައެވެ.

"ޓްރައިތޮލަން އެކްސް" ކުޅިވަރު ޙަރަކާތުގެ ތެރޭގައި ދުވުމާއި، ފެތުމާއި، ބައިސްކަލް ދުއްވުމުގެ ޙަރަކާތްތައް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ޓްރައިތޮލަން އެކްސް" ގެ ދުވުމުގެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

އެކަމަނާގެ އަރިހުގައި ގިނަ އަދަދެއްގެ ދުވުންތެރިންވެސް މި ދުވުމުގެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނާއި، ބެލެނިވެރިން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް