ވަރި ވުމަށްފަހު ދަރީންނަށް ދޭން ޖެހޭ ހަރަދު ނުދޭނަމަ އަދަބެއްގެ ގޮތުގައި ޖަލު ހުކުމް ތައާރަފް ކޮށް އެ ހުކުމް ހަތް އަހަރަށް ދެމިގެން ހިނގައިދާނެފަދަ ގޮތަކަށް ސައުދީގައި އަމަލުކުރަން ފަށައިފި އެވެ.
މިގޮތަށް މިއަދުން ފެށިގެން ސައުދީގައި އަމަލުކުރަން ފަށާއިރު ޖަސްޓިސް މިނިސްޓަރު ވަލީދު އަލް ސަމާނީ ވަނީ ކޯޓުގެ ހުކުމްތަކާއި އެއްގޮތަށް ހަރަދުނުދޭ ފަރާތްތަކަށް މިފިޔަވަޅު މިގޮތަށް އެޅުމަށް ގޮވާލާފައި އެވެ.
ޖަސްޓިސް މިނިސްޓްރީ އާއި ސައުދީ އަރަބިއްޔާގެ މޮނެޓަރީ އޭޖެންސީ (ސަމާ) އާއި ގުޅުވާލާފައިވާއިރު ދަރިންގެ ހަރަދު ބޭންކު އެކައުންޓުން ކެނޑޭގޮތަށްވެސް ވަނީ ހަމަޖައްސާފަ އެވެ.
ސައުދީގައި އަލަށް އެކުލަވާލި ގަވާއިދެއްގެ ދަށުން ކޮންމެ މަހަކު ދަރިންގެ ހަރަދު ބަރާބަރަށް ދޭތޯ ބަލާ މޮނިޓަރ ކުރާނެ އެވެ. އަދި ކުރިން އޮތް ގޮތް ކަމުގައިވާ، ކުރީގެ ފިރިމީހާ ކުރީގެ އަނބިމީހާގެ އެކައުންޓަށް ޖަމާކުރާ ކުރުން ޒަމާނީކޮށް އޮޓޯއިން ބޭންކް އެކައުންޓުން ކެނޑޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ޖަސްޓިސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި މި ނިންމުމަކީ އަންހެނުންނާއި ދަރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅި ފިޔަވަޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް