އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންނާއި ހަވާލުކޮށްފި

މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅުން ހުރި ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ބެހޭ އެއްބަސްވުމެއްގައި ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާއި ދެމެދު ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮ...

28 Jun 2018 | 10:33

މިއަހަރުގެ ރިޔާސީ އިންތިހާބާއި ގުޅުން ހުރި ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ބެހޭ އެއްބަސްވުމެއްގައި ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނާއި ދެމެދު ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒެވެ. އިލެކްޝަންސްގެ ފަރާުން ސޮއި ކުރެއްވީ ރައީސް އަހުމަދު ޝަރީފެވެ.

މިއެއްބަސްވުމުގެ ދަށުން ރިޔާސީ އިންތިހާބާ ގުޅުންހުރި ކަންކަމުގައި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދާނެ އެވެ. އެގޮތުން ވޯޓްލާ މަރުކަޒުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ވޯޓް ފޮށިތަކާއި، ވޯޓް ކަރުދާސް ތަންތަނަށް ގެންދިއުމުގައި ފުލުހުން އެހީތެރިވުމާއި، ކޮމިޝަނަށް ބޭނުންވާ ބައެއް ލޮޖިސްޓިކް ކަންކަން ކުރިއަށް ގެންގޮސްދިނުމުގައި އެހީތެރިވެދިނުން ހިމެނޭ ކަމަށް އީސީން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ އިންތިހާބުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އާންމު ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުން ފުލުހުން ބޭނުންވާ ކަމަށެެވެ. އިންތިހާބާ ގުޅިގެން ހިނގާފާނެ ކަމަކަށް ފުލުހުން ދުރާލާ ތައްޔާރުވެ ތިބޭނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް