ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، އުއްތަމަ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރައްވައިފި އެވެ.
މިކަން ހާމަކުރެއްވީ ރައިސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ކުރައްވާފައިވާ ޓުވީޓެއްގައި އެވެ. މުއާޒު ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ދީދީ އާއި، އަބްދުލް ގަނީ މުހައްމަދު ރައީސް ޔާމީން މިއަދު އައްޔަން ކުރައްވާފައިވާ ކަމަށެވެ.
މުއާޒު ވިދާޅުވީ އެ ބޭފުޅުން މިއަދު މަގާމަށް އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުން އެ ތިން ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ރުހުން ދިނުމާއި ގުޅިގެން ކަމަށެވެ.
https://twitter.com/SpokespersonMV/status/1012217839418204160
ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަގާމަށް އަބްދުﷲ ދީދީ އާއި، އަބްދުލް ގަނީ މުހައްމަދު އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފައިވަނީ 36 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ވޯޓުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ޕީޕީއެމް/ އެމްޑީއޭ ކޯލިޝަންގެ މެންބަރުން އެކަންޏެވެ.
އާ އުއްތަމަ ފަނޑިޔާރަކާއި ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކޮށްފައި މިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ޝަރުއީ ހުރިހާ މަރުހަލާ އަކުން އެގޮތަށް ނިންމުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް