ކެންޑިޑޭޓަކު ނެރުމުގައި އިހްލާސްތެރިވުމަށް ޖޭޕީން ގޮވާލައިފި

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ކެންޑިޑޭޓަކު ނެރުމުގައި އިހުލާސްތެރިވުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ކުރައްވާފައިވާ ޓުވީޓެއްގައި ...

28 Jun 2018 | 05:43

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ކެންޑިޑޭޓަކު ނެރުމުގައި އިހުލާސްތެރިވުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ.

އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ ކެންޑިޑޭޓާއި ރަނިން މޭޓުކަން އެމްޑީޕީއަށް ލިބެން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގެންނަވާތީ ހިތާމަ ކުރައްވާ ކަމަށެވެ. ޑރ ހުސައިން ވިދާޅުވީ އެދިވަޑައިގެންނަވަނީ އިހުލާސްތެރިކަމާއި އެކު ގުޅިފައިވާ ޕާޓީތައް މަޝްވަރާ ކުރުމަށް ފަހު ކެންޑިޑޭޓަކު ކަނޑައެޅުމަށް ކަމަށެވެ.

ޑރ ހުސައިން މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު ވާދަކޮށް އިންތިހާބު ކާމިޔާބު ކާމިޔާބު ކުރުމަށް ފަހު ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުން ސަރުކާރުގައި ބައިވެރި ކުރާނީ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާތީ އެވެ.

https://twitter.com/DrHussainHassan/status/1012022642080079872

އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރުމާއި މެދު ހިޔާލުތަފާތުވެފައިވާއިރު އެއް ކެންޑިޑޭޓަކު ނެރެވޭނެކަމުގެ ނިޝާންތައް ފެންނަމުން ނުދާ ކަމަށް ކޯލިޝަނާއި ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް މަޖިލީސް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކާމިޔާބު ނުވަންޏާ ނުވާތީ އެމްޑިޕީގެ ސަބަބުން ކަމަށް ޖޭޕީގެ ރައީސް އަލީ ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފައި އެވެ.

ޖޭޕީގެ މި ހަމަލާތަކަށް އެމްޑި؛ީން ރައްދު ދެމުން ނުދާއިރު ޖޭޕީންވެސް ވަނީ ވެރިކަން ކުރަން އެ ޕާޓީ އޮތީ ތައްޔާރަށް ކަމަށް ބުނެފި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް