އިންޑިއާގައި ގްރޭޑް 12 ގެ ދަރިވަރަކު ތިން ދުވަސް ވަންދެން ރޭޕް ކޮށްފި

އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ މަނާލީގެ ސްކޫލެއްގެ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރަކު ތިން ދުވަސް ވަންދެން ތިން މީހުންގެ ގްރޫޕަކުން ރޭޕް ކޮށްފި އެވެ. އެ ކުއްޖާ ރޭޕް ކުރިކަން އެނގ...

28 Jun 2018 | 05:03

އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ މަނާލީގެ ސްކޫލެއްގެ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރަކު ތިން ދުވަސް ވަންދެން ތިން މީހުންގެ ގްރޫޕަކުން ރޭޕް ކޮށްފި އެވެ.

އެ ކުއްޖާ ރޭޕް ކުރިކަން އެނގުނީ އިއްޔެ އެވެ. ފުލުހުން އެ ކުއްޖާ އާއި ގުޅޭ މައްސަލަ ބަލަން ފެށީ އޭނާ އާއި އިތުރު ކްލާސް އަންހެން ކުއްޖަކު ގެއްލިގެން ދެ އާއިލާއިން ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ. ފުލުހުން އެ ދެ ކުދިން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އަދި އެމީހުން ގެއްލެން ދިމާވި ސަބަބު އޮޅުން ފިލުވަމުން ދަނިކޮށް ރޭޕް ކުރި މައްސަލަ ފެންމަތިވީ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ އެ އަންހެން ކުއްޖާ ރޭޕް ކުރީ މިމަހުގެ 17 ން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އަނެއް ކުއްޖާއަށް އެފަދަ ކަމެއް ދިމާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އަންހެން ކުއްޖާ އާއި ހަވާލާދީ ފުލުހުން ބުނީ އޭނާ ރޭޕް ކުރުމުގައި ބައިވެރިވެފައިވަނީ ޕަންޖާބަށް ނިސްބަތްވާ ޒުވާނަކާއި މަނާލީގެ ދެ ޒުވާނުން ކަމަށެވެ. ފުލުހުން ވަނީ އެ ތިން މީހުން ހައްޔަރުކޮށް ތަހުގީގު ފަށާފައި އެވެ.

ގްރޭޑް 12 ގެ ދަރިވަރަކު ތިން ދުވަސް ވަންދެން ރޭޕް ކުރި މައްސަލައެއް ފެން މަތިވި އިރު މިދިޔަ ހަފްތާގައި ފަސް އަންހެނަކު ހަ މީހުންގެ ގްރޫޕަކުން ވަނީ އިންޑިއާގައި ރޭޕް ކޮށްފައި އެވެ.

ރޭޕް ކުރުމަށް ފަހު އޭ ތެރެއިން އެކަކު ގެންގުޅުނު ބަޑިއަކާއި، ގަހެއްގެ ގޮފި ގަނޑެއްގެ އިތުރުން އޭގެ ތެރެއިން އެކަކު ކަމުން ދިޔަ ދުންފަތް ގަނޑެއް އެ ހުރިހާ އަންހެނުންގެ ޖިންސީ ގުނަވަނަށް އެތެރެ ކުރި ކަމަށް ހައްޔަރު ކުރި ދެމީހުން ބުންޏެވެ. އަދި އޭގެ ފަހުން އެ މީހުންގެ ކުޑަކަމުދާ ތަކެތި ގަދަކަމުން އެ ފަސް އަންހެނުންނަށް ބޯންދިން ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް