ބޮބީ ޑިއޯލް ބޮލީވުޑްގައި ކުރިޔަށް ދިއުމަށް ހިތް ތިރި ކޮށްފި

ބޮލީވުޑްގައި ނާކާމިޔާބީ އާއި ކުރިމަތިވެ ކުރާނެ މަސައްކަތެއް ނެތި ބާކީވެފައި ހުރި ބޮބީ ޑިއޯލް އަށް ދިމާވި ގޮތް ރަނގަޅު ކަމުން އޭނާ ވިސްނުން ބަދަލުކޮށްލައިފި އެވެ. އަލުން އޭނާއަށް ބޮލީވުޑުން ޖާގަ ހޯދައި...

28 Jun 2018 | 03:55

ބޮލީވުޑްގައި ނާކާމިޔާބީ އާއި ކުރިމަތިވެ ކުރާނެ މަސައްކަތެއް ނެތި ބާކީވެފައި ހުރި ބޮބީ ޑިއޯލް އަށް ދިމާވި ގޮތް ރަނގަޅު ކަމުން އޭނާ ވިސްނުން ބަދަލުކޮށްލައިފި އެވެ.

އަލުން އޭނާއަށް ބޮލީވުޑުން ޖާގަ ހޯދައި ދިނުމަށް ސަލްމާން ހާން ވަނީ "ރޭސް 3" ން ބޮބީއަށް ޖާގަދީ ބައިވެރިކޮށްފައި އެވެ. ފިލްމަކީ ސުޕާހިޓް ފިލްމަކަށް ވެފައިވާއިރު ބޮބީ އެ ފިލްމުގައި ފެނިގެން ދިޔަ ރޯލަށްވެސް މީހުން ތައުރީފު ކުރި އެވެ. އެހެންވެ އޭނާއަށް އުންމީދު ކުރެވެނީ އިތުރު ފިލްމުތަކުން ފުރުސަތު ލިބޭނެ ކަމަށެވެ.

ބޮބީ ބުނީ ދެން ބޭނުންވަނީ ހަމައެކަނި ލީޑް ރޯލް ކުޅެން ލިބޭ ފިލްމުތަކަށް ބަލަން ނޫންކަމަށެވެ. ކޮންމެ ކަހަލަ ރޯލެއް ކުޅެން ލިބުނަސް އެ ފިލްމެއް ގަބޫލު ކުރާނެ ކަމަށް އޭނާ ބުންޏެވެ.

ބޮބީ ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ކުޅޭނެ ފިލްމެއް ކުރާނެ މަސައްކަތެއް ނެތިގެން ކްލަބުތަކުގައި ޑިޖޭ ޖައްސައިދޭ މީހެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައި އެވެ. އެކަމަކު އަބަދު އޭނާގެ ކުރީގެ ފިލްމުތަކުގެ ލަވަތައް ޖަހާތީ މީހުން ރުޅިއަންނާތީ އެކަންވެސް އޭނާއަށް ކާމިޔާބުވާގޮތެއް ނުވި އެވެ.

ބޮބީގެ އިތުރުން ބޮލީވުޑްގައި ކުރިޔަށް ދިޔުމަށް ލީޑްރޯލް ކުޅެން އެކަނި ބޭނުން ނުވާކަމަށް ބުނެފައިވާ ކުރީގެ މަޝްހޫރު ތަރިންގެ ތެރޭގައި އިމްރާން ހާޝީމީވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް