އެމެރިކާގަ ބާރު ސްޕީޑުގައި ކާރު ދުއްވި މީހަކު ހުއްޓުވި އިރު އިނީ އޭލިއަންއެއް ގޮވައިގެން

އެމެރިކާގެ އެޓްލާންޓާގައި އޭލިއަންއެއް ގޮވައިގެން ބާރު ސްޕީޑުގައި މީހަކު ކާރު ދުއްވައިފި އެވެ. އެ ސަރަހައްދުގެ ފުލުހުން މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ ޓްރެފިކް ޕޮލިހުން އެމީހާ ހުއްޓުވީ ގަވައ...

28 Jun 2017 | 07:57

އެމެރިކާގެ އެޓްލާންޓާގައި އޭލިއަންއެއް ގޮވައިގެން ބާރު ސްޕީޑުގައި މީހަކު ކާރު ދުއްވައިފި އެވެ.

އެ ސަރަހައްދުގެ ފުލުހުން މީޑިއާއަށް މައުލޫމާތުދެމުން ބުނެފައިވަނީ ޓްރެފިކް ޕޮލިހުން އެމީހާ ހުއްޓުވީ ގަވައިދާ ހިލާފަށް ބާރު ސްޕީޑުގައި ކާރު ދުއްވުމުން ކަމަށެވެ. އެކަމަކު ކާރު މަޑުކުރުވުމަށް ފަހު ގޮސް ބިއްލޫރިގަނޑު ކައިރިއަށް ފުލުސް މީހާ މަޑު ކޮށްލިވަގުތު ދިޔައީ ސިއްސައިގެން ކަމަށް ބުނެފައިވެ އެވެ.

އެ ފުލުސް މީހާ ބުނީ ކާރުގެ ކުރީ ސީޓުގައި އިނީ އިންސާނެއްގެ އިސްކޮޅު ހުރި އޭލިއަންއެންހެން ހަދާފައިވާ ބޮޑު ބުދެއް ކަމަށެވެ. އަދި ބުދު އިނީ ސީޓްބެލްޓުވެސް އަޅުވާފައި ކަމަށް ބުނެ އެވެ. ފުލުހުން ބުނީ ހިނި އައިވަރުން އެއީ ކީއްވެ ގެންގުޅޭ އެއްޗެއްތޯ އަދި ކިހިނެތް ހެދި އެއްޗެއްތޯ ނާހާ ނެގުނީ ފޮޓޯއެއް ކަމަށެވެ.

އަދި އެމީހާއަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު އިންޒާރު ދިނުމަށް ފަހު ފޮނުވާލީ އެވެ.

ފުލުހުން ފަހުން އެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި އާންމު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް