މަދީނާގެ ހައިވޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 10 މީހަކު މަރުވެއްޖެ އެވެ.
ސައުދީ ގެޒެޓްގައިވާގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދެ އާއިލާއެއް ގޮވައިގެން ދަތުރު ކުރަމުންދިޔަ ދެ ވެހިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ ހެނދުނު 11:15 ހާއިރު އަލް ޖަހްފާ ސަރަހައްދުންނެވެ.
އެކްސިޑެންޓް ހިނގި ވަގުތުން 10 މީހަކު މަރުވި ކަމަށާއި އިތުރު އެކަކު މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމުގައިވެސް ސައުދީ ގެޒެޓްގައި ވެ އެވެ.
މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭއިރު އެއް އާއިލާއަކީ ޕާކިސްތާނަށް ނިސްބަތްވާ އާއިލާ އެކެވެ. އަނެއް އާއިލާ ނިސްބަތްވަނީ ސޫދާނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް