ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭއަށް ވީނުވީއެއް ނޭނގި ގިނަދުވަސްވުމުން އެގައުމުގެ ރައްޔިތުން އެކަމާއިމެދު ސުވާލު އުފައްދަމުން އަންނައިރު ޑުޓާޓޭ ދުނިޔޭގައި އެބަހުރި ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުކަމުގައި އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން އިއްޔެ މިހެން ބުނެފައިވާއިރު ޑުޓާޓޭ އާންމުންނަށް ފެނިފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އާންމުންގެ ތެރޭގައި ޑުޓާޓޭގެ ހާލަތާއިމެދު އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން އަންނައިރު އެއް ބަޔަކު ބުނަނީ ޑުޓާޓޭގެ ބަލި ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދާކަމުގައި ބެލެވޭ ކަމަށާއި އަދި ސަރުކާރުން އެކަން ސިއްރު ކުރަނީ ކަމުގައިވެސް ބެލެވޭ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ޑޫޓާޓޭ ދުނިޔޭގައި ހުރި ކަމާއިމެދުވެސް ޝައްކު ކަމަށެވެ.
ފިލިޕީންސްގައި ޑުޓާޓޭ މަގްބޫލުވެގެން ގޮސްފައިވަނީ ބުރަކޮށް މަސައްކަތްކުރާ އަދި ގިނަ ގިނައިން ރައްޔިތުންނާއި މުހާތަބުކުރާ ވެރިއެއްގެ ގޮތުގަ އެވެ. ޑޫޓާޓޭ އެގައުމުގެ ރައީސްކަމަށް އިސްކުރެވުނީ 30 ޖޫން 2016ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް