ކާޅެއްގެ އުނދަގުލާއި ހެދި ކެނެޑާގެ އަވަށެއް ހުއްޓުމަކަށް !

ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ސިޓީގެ އަވަށެއް ކަމުގައިވާ ވެންކޯވާ އަށް އެގައުމުގެ ގައުމީ ޕޯސްޓުން ދެމުންދިޔަ ޕޯސްޓްގެ ހިދުމަތް މެދުކަނޑާލައިފި އެވެ. ގައުމީ  ޕޯސްޓުން ހާމަކޮށްފައިވާގޮތުގައި އެ ހިދުމަތް ...

28 Jun 2017 | 01:23

ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ސިޓީގެ އަވަށެއް ކަމުގައިވާ ވެންކޯވާ އަށް އެގައުމުގެ ގައުމީ ޕޯސްޓުން ދެމުންދިޔަ ޕޯސްޓްގެ ހިދުމަތް މެދުކަނޑާލައިފި އެވެ. ގައުމީ  ޕޯސްޓުން ހާމަކޮށްފައިވާގޮތުގައި އެ ހިދުމަތް މެދުކަނޑާލީ އެ އަވަށުގައި އުޅޭ ކާޅެއް ޕޯސްޓްމަނުންނަށް ހަމަލާ ދޭތީ އެވެ.

ކެނެޑާ ޕޯސްޓްގެ ތަރުޖަމާނު ފިލް ލެގޯލްޓް ބުނެފައިވަނީ އެންމެ އިސްކަމެއްދެނީ މުވައްޒަފުންގެ ސަލާމަތަށް ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ އަވަށުގެ ތިން ގެއަކަށް ޕޯސްޓް ޑެލިވަރީ ކުރާއިރު އާންމު ގޮތެއްގައި އެ ކާޅުގެ ހަމަލާ އަމާޒުވެ އެވެ. އަދި ކާޅުގެ ހަމަލާއެއްގައި ނިމިދިޔަ ހަފްތާގެ ތެރޭގައި ޕޯސްޓްމަނަކު ޒަހަމްވެފައި ވެ އެވެ.

މި ނިންމުމާއި އެކު ކެނެޑާ ޕޯސްޓުން އެ އަވަށުގެ ރައްޔިތުންނަށް އަންގާފައިވަނީ ޕޯސްޓް އޮފީހަށް ގޮސް ޑެލިވަރީ ނެގުމަށެވެ. އަދި ޑެލިވަރީ ހިދުމަތް އަލުން ރުޖޫއަ ކުރާނެ ދުވަހެއް ފަހުން އަންގާނެ ކަމުގައިވެސް ކެނެޑާ ޕޯސްޓުން ބުނެފައި ވެ އެވެ.

އޭ އެފްޕީގައި ބުނެފައިވާގޮތުގައި މި ކާޅަކީ މިދިޔަ އަހަރު ކެނެޑާގެ ކްރައިމް ސީނަކުން ވަޅިއެއް ތުނބުގައިލައިގެން ފިލި ކާޅެކެވެ. އަދި މި ކާޅު އެ އަވަށުގައި ހުންނަ މެކްޑޮނާލްޑުން ހިދުމަތް ހޯދާ ފަރާތްތަކުގެ ކާތަކެތި ޖަހައިގަންނަ ކަމަށްވެސް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް