ހަމަ އެންމެ ރީޓްވީޓަކުން، ތުރުކީގެ ކުޑަކުއްޖަކު ނަށާ ވީޑިއޯއެއް ވައިގަ ހިފައިފި

ޓުވިޓާއަށް ޓުވީޓްކޮށްފައިވާ ތުރުކީގެ ކުޑަ ފިރިހެން ކުއްޖަކު ޢީދު ތަހުނިޔާ ކިޔުމަށް ނަށާ ވީޑިއޯއެއް ވައިގަ ހިފައިފި އެވެ. އެ ވީޑިއޯ ވައިގަ ހިފީ މަޝްޚޫރު އިނގެރޭސި ވާހަކަ ހެރީ ޕޯޓާރގެ ލިޔުންތެރިޔާ ޖެކޭ ...

28 Jun 2017 | 00:49

ޓުވިޓާއަށް ޓުވީޓްކޮށްފައިވާ ތުރުކީގެ ކުޑަ ފިރިހެން ކުއްޖަކު ޢީދު ތަހުނިޔާ ކިޔުމަށް ނަށާ ވީޑިއޯއެއް ވައިގަ ހިފައިފި އެވެ. އެ ވީޑިއޯ ވައިގަ ހިފީ މަޝްޚޫރު އިނގެރޭސި ވާހަކަ ހެރީ ޕޯޓާރގެ ލިޔުންތެރިޔާ ޖެކޭ ރޯލިން އެ ވީޑިއޯ ރިޓްވީޓް ކުރި ހިސާބުންނެވެ.

އޭގެފަހުން މިހާތަނަށް 40 ހާހަށްވުރެ ގިނަ މީހުން އެ ވީޑިއޯ ރިޓްވީޓްކޮށްފައިވެ އެވެ.

https://twitter.com/I7sannFt/status/878733871721979905

40 ސިކުންތުގެ އެ ވީޑިއޯގައި އެ ކުޑަ ފިރިހެން ކުއްޖާ އެކި ގޮތްގޮތައް ނަށާ މަންޒަރު ފެނެ އެވެ. ނޫކުލައިގެ ޓީޝާޓަކާއި ރީނދޫ ކުލައިގެ ޓްރެކްސޫޓެއް ލައިގެން ހުރި އެކުއްޖާއަށް ޓްވިޓާގައި ގިނަ ބަޔަކު ތަޢުރީފުވެސްކޮށްފައިވެ އެވެ.

https://twitter.com/MMAdeelAslam9/status/879056792600272896

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް