ޓީވީ ޝޯތައް ނެރެން ފޭސްބުކުން ތައްޔާރުވަނީ

ދުނިޔޭގެ އެންމެ ބޮޑު ޝޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކުން އޮރިޖިލަން ޓީވީ ޝޯތައް ނެރުމަށްޓަކައި ހޮލީވުޑްގެ ސްޓޫޓިއޯތަކާއިއެކު މަޝްވާރާކުރަން ފަށައިފި އެވެ. ފޭސްބުކުންވަނީ ކޮންމެ އެޕިސޯޑެއް ތިން މިލިއަ...

28 Jun 2017 | 00:43

ދުނިޔޭގެ އެންމެ ބޮޑު ޝޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކުން އޮރިޖިލަން ޓީވީ ޝޯތައް ނެރުމަށްޓަކައި ހޮލީވުޑްގެ ސްޓޫޓިއޯތަކާއިއެކު މަޝްވާރާކުރަން ފަށައިފި އެވެ.

ފޭސްބުކުންވަނީ ކޮންމެ އެޕިސޯޑެއް ތިން މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން ތައްޔާރުކުރުމުގެ ފުރުޞަތު ދޭނެކަމަށް ބުނެފަ އެވެ.

ފޭސްބުކްގެ ޓާގެޓް އޯޑިއެންސަކީ 13 އަހަރާއި 34 އަހަރާއި ދެމެދުގެ މީހުންނެވެ. އެ ކުންފުނިން މިހާރުވެސް ވަނީ ދެ ޝޯއެއްގެ މަސައްކަތް ފަށާފަ އެވެ. އެއީ ސްޓްރޭންޖާސް ކިޔާ ރިލޭޝަންޝިޕް ޑްރާމާއަކާއި، ގޭމް ޝޯވ ލާސްޓް ސްޓޭޓް ސްޓޭންޑިންގ އެވެ.

ފޭސްބުކްއިން އޮރިޖިނަލް ޝޯވސް ނެރެން ފެށުމުން، މިހާރުވެސް އޮރިޖިނަލް ޝޯވސްތައް ނެރޭ ނެޓްފްލިކްސް އަދި އަމޭޒޮން އަށް ގަދަ ހިފުކަމަށްދާނެކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެ އެވެ.

ނެޓްފްލިކްސް އަދި އަމޭޒޮން އާއި ހިލާފަށް ފޭސްބުކްއިން ބޭނުންވަނީ ކޮންމެ އެޕިސޯޑެއް ހަފްތާއެއް ނުވަތަ މަހަކު އެއްފަހަރު ރިލީޒްކުރުމަށެވެ. އަދި ވިއުވާޝިޕް ޑާޓާ ހޮލީވުޑްއާއި ޚިއްޞާކުރުމަށްވެސް އެކުންފުނިން ބޭނުންވާކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް