މިދިޔަ ހޯމަ ދުވަހު ވައިގެ މަގުން އިޒްރޭލުން ފަލަސްތީނަށް ތިން ހަމަލާއެއް ދީފައިވާކަމުގައި އަރަބި ނޫސްތަކުން ބުނެފި އެވެ.
އަރަބި ނޫސްތަކުގައިވާގޮތުގައި އިޒްރޭލުން ފަލަސްތީނަށް ރޮކެޓް ހަމަލާގެ ތިން ހަމަލާ ދީފައިވަނީ ފަލަސްތީނުން އިޒްރޭލަށް އަމާޒުކޮށް ރޮކެޓް ހަމަލާއެއް ދިންކަމަށް ބުނެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތައް އަމާޒުވެފައިވަނީ ރަފާ ސިޓީގައި ގާއިމްކޮށްފައިވާ ހަމާސްގެ ބޭސް އަކަށާއި ގާޒާގެ އިތުރު ދެ ސަރަހައްދަކަށެވެ.
މި ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ސިއްހަތާއިބެހޭ ވަޒީރު ބުނެފައިވަނީ ހަމަލާތަކާއި ގުޅިގެން އެއްވެސް މީހަކު ޒަހަމްވެފައިވާކަމުގެ ރިޕޯޓް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ހަމަލާތަކާއި ގުޅިގެން މީހަކު ޒަހަމްވުމުން ފަރުވާ ހޯދި މަންޒަރު އޭއެފްޕީގެ ފޮޓޯގްރާފަރަކަށް ފެނިފައިވާކަމުގައި އޭއެފްޕީއާއި ހަވާލާދީ އަރަބި ނޫސްތަކުގައި ބުނެފައި ވެ އެވެ.
ހަމަލާތަކާއި ގުޅިގެން އިޒްރޭލުން ބުނެފައިވަނީ އެ ހަމަލާތަކަކީ ރައްދުގައި ދިން ހަމަލާ ތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް