އައިއެސްއިން އުފައްދާފައިވާ އެމީހުންގެ އަމިއްލަ ފައިސާ ފޮތިތައް ސީރިޔާގައި ބޭނުންކުރަން ފަށައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަންނަ އަންގާރަ ދުވަހުން ފެށިގެން އައިއެސްގެ ދިރުހަމް ބޭނުންކުރަން، އައިއެސްގެ ބާރު ހިނގާ ސަރަހައްދުތަކުގެ ފިހާރަތަކާއި ވިޔަފާރިވެރިންނަށް ވަނީ އަންގާފަ އެވެ. އައިއެސް ދިރުހަމްގެ އަގު ކަނޑައަޅާފައިވަނީ ސީރިޔާގެ 1000 ޕައުންޑަކީ އައިއެސް އެއް ދިރުހަމްގެ މަގުންނެވެ. ޑޮލަރުން ބަލާނަމަ އެއީ ދިރުހަމަކަށް އެއް ޑޮލަރު 80 ސެންޓެވެ.
އައިއެސްގެ މި ނިންމުން ދައުރުކޮށްފައިވަނީ އޯޑިއޯ މެސެޖެއްގައި ކަމުގައި މީޑިއާ ރިޕޯޓްތަކުގައި ވެ އެވެ. އެ މެސެޖުގައި، އަންނަ އަންގާރަ ދުވަހުން ފެށިގެން ސީރިޔާގެ 1000 ޕައުންޑް ނޫޓާއި 50 ޕައުންޑް ނޫޓު ބޭނުންކުރުން އެކީގައި ހުއްޓާލުމަށްވެސް އަންގާފައިވާކަމަށް ވެ އެވެ.
އައިއެސްއިން އެމީހުންގެ އަމިއްލަ ފައިސާ ފޮތިތައް ސީރިޔާގައި ބޭނުން ކުރަން ފަށާފައިވާއިރު ސީރިޔާ އަދި އިރާގުގައިވެސް އައިއެސްގެ ބާރު ދަށްވަމުން އަންނަކަމުގައި މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް