ގދ. ގައްދޫ ގެއަކުން ވަގަށްނެގި މުށިތަކެއް ވިއްކަމުން ދަނިކޮށް، އެ މުށިތައް ވަގަށްނެގި މީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:45 ހާއިރު ކަމަށެވެ. މުށިތައް ވިއްކަމުންދަނިކޮށް ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ. އަދި ވަގަށް ނަގާފައިވާ 50 ވަރަކަށް ގަނޑު މުށި މިހާރު ވެރިފަރާތާއި ހަވާލުކޮށްފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް