ހޯރަފުށީ ގެއަކުން ވަގަށްނެގި ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ދިހަ ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ހއ. ހޯރަފުށީގައި ގެއަކުން ވަގަށްނެގި އެއް ލައްކައަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ދިހަ ހާހަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ. ފުލުހުން ބުނެފައިވަނީ މިކަން ރިޕޯޓްކޮށްފައިވަނީ ރޭ 9:15 ހާއިރު ކަމަށެ...

28 May 2019 | 17:19

ހއ. ހޯރަފުށީގައި ގެއަކުން ވަގަށްނެގި އެއް ލައްކައަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ދިހަ ހާހަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިކަން ރިޕޯޓްކޮށްފައިވަނީ ރޭ 9:15 ހާއިރު ކަމަށެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހާދީފައިވާކަމުގައިވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ފެނިފައިވަނީ 10950 ރުފިޔާ ކަމުގައި ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް