ކެނެޑާއިން ފިލިޕިންސަށް ފޮނުވި ކުނި ކޮންޓޭނަރު ތައް ކެނެޑާއަށް ފޮނުވާލަނީ

މީގެ އެތައް އަހަރެއް ކުރިން، ގަވާއިދާ ހިލާފަށް ކެނެޑާއިން ފިލިޕިންސަށް ފޮނުވި ކުނި ކޮންޓޭނަރުތައް މި މަހުގެ 30 ވަނަ ދުވަހު ފޮނުވާލަން ނިންމައިފިއެވެ. މިކަން ހާމަކޮށް ފިލިޕިންސްގެ ފޮރިން އެފެއާޒްގެ ސެކ...

28 May 2019 | 10:20

މީގެ އެތައް އަހަރެއް ކުރިން، ގަވާއިދާ ހިލާފަށް ކެނެޑާއިން ފިލިޕިންސަށް ފޮނުވި ކުނި ކޮންޓޭނަރުތައް މި މަހުގެ 30 ވަނަ ދުވަހު ފޮނުވާލަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ފިލިޕިންސްގެ ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޓިއޮޑޯރޯ ލޮކްސިން ޖޫނިއަރ ބުނެފައިވަނީ މިހާރު އެ ކުނިތައް ހުރީ ކޮންޓޭނަރު ތަކުގައި ކެނެޑާއަށް ފޮނުވާލަން ތައްޔާރު ކުރެވިފައި ކަމަށެވެ.

ކުނީގެ 69 ކޮންޓޭނަރު ހުރި އިރު ކެނެޑާއިންވެސް ވަނީ އެ ކުންޏަކީ އޮޅިގެން ފިލިޕިންސަށް އެޅިފައިވާ ކުނިކަމަށް ބުނެފައެވެ. އަދި އެ ކުނިތައް އަނބުރާ ގެނައުމަށް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާކަމަށްވެސް ކެނެޑާއިން ބުނެފައިވެއެވެ.

އެހެން ނަމަވެސް ފިލިޕިންސުން ބުނެފައިވަނީ ކެނެޑާއިން އެ ކުނިތައް ފިލިޕިންސަށް ފޮނުވިތާ މިހާރުވެސް އެތައް އަހަރެއް ވެފައިވާކަމަށާއި ދެން އިތުރަށް ޕިލިޕިންސްގައި އެ ކުނިތައް ނުބަހައްޓާނެ ކަމަށެވެ. އަދި އަނބުރާ ފޮނުވާލުމުން ހަވާލުވާން ޖެހޭނެ ކަމަށްވެސް ފިލިޕިންސުން ބުނެފައިވެއެވެ.

މި ކުންޏަކީ މީގެ ހަ އަހަރު ކުރިން އަލުން ބޭނުން ކުރެވޭ ކުނީގެ ގޮތުގައި ލޭބަލްކޮށް ފިލިޕިންސަށް ފޮނުވި ކުންޏެވެ. 100 އަށްވުރެ ގިނަ ކޮންޓޭނަރުގެ ކުނި އޭރު ފޮނުވިއެވެ. ނަމަވެސް ކުނީގެ ބައެއް ފިލިޕިންސުން މިހާރު ވަނީ ނައްތާލާފައެވެ. ނައްތާ ނުލާ ހުރީ 69 ކޮންޓޭނަރުގެ ކުންޏެވެ.

އެ ހުރިހާ ކޮންޓޭނަރެއްގައިވެސް ހުރީ ކުނިވާ ޒާތުގެ ކުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް