މާމިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އދ. މާމިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މި މީހާ ހައްޔަރުކޮށްފައި ވަނީ މާލެ އިން މާމިނގިއްޔަށް އައި ބޯޓަކުން މިއަދު ހެނދުނު 7:20 ހާއިރުގައެވެ. ...

28 May 2019 | 08:48

އދ. މާމިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މި މީހާ ހައްޔަރުކޮށްފައި ވަނީ މާލެ އިން މާމިނގިއްޔަށް އައި ބޯޓަކުން މިއަދު ހެނދުނު 7:20 ހާއިރުގައެވެ. ފުލުހުން މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 37 އަހަރުގެ މީހެކެވެ.

އެރަށު މަގުމަތިން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުން، މިމީހާ ލައިގެންހުރި ޖީންސްގެ ޖީބުން އެއްޗެއް ނަގައި އެއްލައިލުމުން ފުލުހުން އެނަގައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ މާމިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް