ޕެރޫއަށް ރެކްޓަރ މިންގަނޑުން 8.0 ގެ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުމުގެ ސަބަބުން މަގުތައް ބަންދުވެ، ބްރިޖެއް ހަލާކުވެ ގިނަ އަދަދެއްގެ ގެތަކެއްވަނީ ބިމާހަމަވެފައިވާ ކަމަށް ޕެރޫގެ ޕްރެޒިޑެންޓަ މާރޓިން ވިޒްކަރާ ވިދާޅުވެފައިވެއެވެ. އަދި މި ބިންހެލުމަކީ 12 އަހަރުފަހުން އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންކަމަށް ވެސް އޭނާ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މީހުން މަދު ސަރަހައްދަކަށް މި ބިންހެލުން އައިނަމަވެސް މީގެ އަސަރު ބޮޑު ސަރަހައްދަކަށް ކޮއްފައިވާކަމަށް ބޭރުގެ މީޑިއާތަކުގައި ބުނެފައިވެއެވެ. އަދި މި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގިނަ ގެތަކަކަށް ގެއްލުންވެ ނޫޅެވޭވަރަށް ހަލާކުވެފައިވާ ކަމަށް މީޑިއާއަށް މައުލޫމާތު ދެމުން އެ ސަރަހައްދުގެ މޭޔާ ބުނެފައިވެއެވެ.
މި ހާދިސާގައި އެކަކު މަރުވެ 26 މީހަކަށް އަނިޔާވެފައިވެއެވެ.
މި ބިންހެލުމުގައި މަރުވެފައިވަނީ 48 އަހަރުގެ ފިރިހެނެއްކަމަށާއި އޭނާ މަރުވެފައިވަނީ ބިންހެލުންއައި ވަގުތު ނިދާފައިއޮއްވާ ކަމަށް ބޭރުގެ މީޑިއާއެއްގައި ބުނެފައިވެއެވެ.
މި ހާދިސާގައި ޕެރޫއިން 11 މީހަކަށް އަނިޔާވެފައިވާއިރު 50 ގެ ވަނީ ނޫޅެވޭވަރަށް ހަލާކުވެފައިކަމަށް ބޭރުގެ މީޑިއާއެއްގައި ހާމަ ކޮއްފައިވެއެވެ. އަދި އިކުއަޑޯގައި 15 މީހުންނަށް އަނިޔާވެފައިވާކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް