ރޯޑް ސޭފްޓީ ކެމްޕޭނުގެ މައުލޫމާތު ހިއްސާކުރާ ބައްދަލުވުމުގައި ނައިބު ރައީސް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އިޖުތިމާއީ މައްސަލަތަކާއި ގުޅިގެން ރައީސް އޮފީހުގެ ސޯޝަލް ކައުންސިލްގެ ފަރާތުން ސިލްސިލާކޮށް ބޭއްވެވުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުމުގެ ކެމްޕެއިން ފެށުމާއި ބ...

28 May 2019 | 08:25

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އިޖުތިމާއީ މައްސަލަތަކާއި ގުޅިގެން ރައީސް އޮފީހުގެ ސޯޝަލް ކައުންސިލްގެ ފަރާތުން ސިލްސިލާކޮށް ބޭއްވެވުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުމުގެ ކެމްޕެއިން ފެށުމާއި ބެހޭގޮތުން ކަމާބެހޭ ކުންފުނިތަކުގެ ބޭފުޅުންނާ މައުލޫމާތު ހިއްސާކުރުމަށް  ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ސޯޝަލް ކައުންސިލާއި ކުންފުނިތަކުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، މަގުމަތީގައި ހިނގާ އިޖުތިމާއީ މައްސަލަތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މިކެމްޕޭނަށް ކުންފުނިތަކުގެ ފުރިހަމަ އެބާރުލުން ދެއްވަން ނިންމެވިކަމަށްޓަކައި އުފާކުރައްވާ ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އާންމުން ހޭލުންތެރިކުރުވައި، އެންމެން ފަރުދީ ޒިންމާ އަދާކުރާނަމަ މަގުމަތީގެ މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައެއް ކެބިނެޓް މެމްބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް