ނިލަންދޫ ސްކޫލްގެ މުދައްރިސުން ޓްރެފިކްގެ ގަވާއިދުތަކަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ގއ ނިލަންދޫ ސްކޫލުގައި މަސައްކަތްކުރާ މުދައްރިސުން ޓްރެފިކްގެ ޤަވާއިދުތަކަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނިލަންދޫ ޕޮލިސް ޑެސްކުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ނިލަ...

28 May 2019 | 08:17

ގއ ނިލަންދޫ ސްކޫލުގައި މަސައްކަތްކުރާ މުދައްރިސުން ޓްރެފިކްގެ ޤަވާއިދުތަކަށް އަހުލުވެރި ކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނިލަންދޫ ޕޮލިސް ޑެސްކުން ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ނިލަންދޫ ސްކޫލުގައި ކުރިއަށް ގެންދިޔައީ އިއްޔެއެވެ.

މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި އަދި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އަދި އެކްސިޑެންޓްތައް މަދުކުރުމާއި އެކްސިޑެންޓެއް ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޢުލޫމާތުދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް