ދާންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މީހަކު ހައްޔަރު ކޮއްފި

ގއ ދާންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މީހަކު ހައްޔަރު ކޮއްފިއެވެ. މި މީހާ ހައްޔަރު ކޮއްފައިވަނީ ފުލުހުންގެ އިންޓެލިޖެންސްއާއި ގއ ދާންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ގުޅިގ...

28 May 2019 | 08:10

ގއ ދާންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ މީހަކު ހައްޔަރު ކޮއްފިއެވެ.

މި މީހާ ހައްޔަރު ކޮއްފައިވަނީ ފުލުހުންގެ އިންޓެލިޖެންސްއާއި ގއ ދާންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝާންގައި ހައްޔަރު ކޮއްފައިވަނީ 22 އަހަރުގެ މީހެކެވެ.

ދާންދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިއޮޕަރޭޝަން ހިންގީ ރޭ 22:30 ހާއިރުއެވެ. މިމީހާ ހައްޔަރުކޮށް، މިމީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 114 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިމައްސަލަ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް