ހދ. ކުޅުދުއްފުށި ލޯކަލް މާރުކޭޓްގެ ގޮޅިތައް ގުރުއަތުން ހޮވުނު ފަރާތްތަކާ ހަވާލު ކޮއްފިއެވެ.
މިހާތަނަށް ހުރިހާ ގޮޅިތަކެއް ހަވާލުކޮއްފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެތަނުގެ ހިދުމަތް ރައްޔިތުންނަށް ލިބެންފަށާނެ ކަމަށް ލަފާކުރެވޭކަމަށްވެސް ހަސަން ވިދާޅުވިއެވެ.
މީގެއިތުރުން ކައުންސިލްގެ ރައީސް ވިދާޅުވީ ތަނުގެ ސެކިއުރިޓީއާއި މެއިންޓަނަންސް ކަންކަން ބެލެހެއްޓުމަށް 4 މުއައްޒަފުން ނެގުމަށް ކައުންސިލުން މިހާރު އިއުލާން ކޮށްފައިވާކަމަށާއި މި މުއައްޒަފުން ތިބޭނީ ކައުންސިލްގެ މުއައްޒަފުންގެ ގޮތުގައި ކަމަށެވެ.
އަދި މާރުކޭޓްގެ ގޮޅިތަކަށް ކުލި ދެއްކުމާ ފައިސާގެ މުއާމަލާތްތަށް ގެންދާނީ ކައުންސިލް އިދާރާއިން ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް