"އެންމެންގެ ރޯދަ ސޭލް" ގެ ނަމުގައި އޭސްހާޑްވެއަރ އަދި ކަލަރބޭންކް އާއި ގުޅިގެން ކުރިޔަށްގެންދާ ކޮންމެ 10 ދުވަހަކުން ސައިކަލެއްދޭ ޕްރޮމޯޝަންގެ ހަތަރުވަނަ އާއި ފަސް ވަނަ ނަސީބު ނަސީބުވެރި ފަރާތް އިއުލާންކޮށް ސައިކަލު ހަވާލު ކޮށްފިއެވެ.
މިގޮތުން ނަސީބު ވެރި ފަރާތަކަށް ހޮވިފައި ވަނީ ތޮލްހަތް ހުސޭން އާއި މުހައްމަދު ޝުއާކް އެވެ. މި ޕްރޮމޯޝަން ފެޝިތާ 30 ދުވަސް ވީ އިރު ނަސީބް ވެރި ފަސް ފަރާތަކަށް ވަނީ ސައިކަލު ހަވާލު ކޮށްފައެވެ. 31 މޭގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަން ގެ އެންމެ ފަހު ސައިކަލުގެ ނަސީބްވެރި ފަރާތް ހޮވުން އޮންނާނީ 30 މޭގަ އެވެ. ރޯދަ ޕްރޮމޯޝަން ނިމުމަކަށް އައި ކަމުގައި ވިޔަސް، އޭސް ހާޑްވެއާ އިން ވަނީ އީދާއި ގުޅިގެން ވަރަށް ބައިވަރު ޑިސްކައުންޓް އަޅުވާފަ އެވެ.
ބޮޑު ޑިސްކައުންޓް ތަކަކާއެކު ފެށި މި ޕްރޮމޯޝަން ޝޯޝަލް މީޑިއާގައިވެސް ކުރިޔަށް ދެއެވެ. އިނާމު ތަކުގެތެރޭ މެލޭސިޔާ ދެކޮޅު ޓިކެޓު، ހިލޭ ރިސޯޓް ދަތުރުގެ އިތުރުން ކޮންމެ ހަފްތާއަކު 2 ފަރާތަކަށް ރޯދަ ވީއްލުން ލިބުމުގެ އިތުރުން ވެސް ގިނަ އަގުހުރި އިނާމް ތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯޝަން ކުރިޔަށް ދާނީ 1 އޭޕްރިލް އިން ފެށިގެން 5 ޖޫންގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް