ޕީޕީއެމް އިން މިދިޔަ ރިޔާސީ އިންތިހާބުގައި ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފި ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
އެ ޕާޓީ އިން މޯލްޑިވިއަން އަށް ފައިސާ ދެއްކީ، އެކި ފަހަރު މަތިން ފައިސާ ދެއްކުމަށް މުއްދަތު ތަކެއް ދިނުމަށްފަހު ޕާޓީ ގޮވައިގެން ކޯޓަށް ވެސް ގޮސްފައި ވަނިކޮށެވެ.
މީގެ ކުރިން ޕީޕީއެމް އިން ބުނެފައި ވަނީ އެ ޕާޓީގެ ދަރަނިތައް ނުދެއްކިގެން އުޅެނީ ބަޖެޓުން ޕާޓީ އަށް ދޭންޖެހޭ ފައިސާ ނުދީގެން ކަމުގައެވެ. އަދި އެ ފައިސާ ލިބުނުހާ އަވަހަކަށް ފައިސާ ދައްކަން ޖެހޭ ތަންތަނަށް ފައިސާ ދައްކާނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ. އެ ޕާޓީ އަށް މިދިޔަ އަހަރުގެ ބަޖެޓުން ލިބެންޖެހޭ 8.6 މިލިއަން ރުފިޔާ ހިފެހެއްޓުމަށްފަހު ދޫކޮށްލާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް