ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަތް ދެމީހަކު ހައްޔަރު ކޮއްފި

މިއަދު 16:21 ހާއިރު މަޖީދީ މަގު ވެލިގާ ހާޑްވެއަރ ކައިރިން ސައިކަލެއްގައި ދިޔަ ދެމީހަކު، އެމަގުން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ދަނިކޮށް ފުލުހުން އެ ދެމީހުން ހިފަހައްޓާ ހައްޔަރ...

28 Apr 2019 | 13:41

މިއަދު 16:21 ހާއިރު މަޖީދީ މަގު ވެލިގާ ހާޑްވެއަރ ކައިރިން ސައިކަލެއްގައި ދިޔަ ދެމީހަކު، އެމަގުން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ދަނިކޮށް ފުލުހުން އެ ދެމީހުން ހިފަހައްޓާ ހައްޔަރުކޮއްފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮއްފައިވަނީ 29 އަހަރާއި 44 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

ފޯނު ފޭރިގަނެގެން ދަނިކޮށް މި ދެމީހުން ހައްޔަރު ކޮއްފައިވަނީ ލޮނުޒިޔާރަތް މަގާއި ރަތްވިލާ ހިނގުން ގުޅޭ ކަންމަތިންކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އަދި މިހާރު މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް