ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކެޓްރީ ޖެނަރަލަކަށް ގީލާ އަލީ ހަމަޖައްސައިފި އެވެ.
ގީލާވަނީ ޕީއެންސީގެ ވަގުތީ ތަޖިސްޓްރާގެ މަގާމުވެސް އަދާކުރައްވާފައެވެ.
އަދި ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ޕީއެންސީގެ ފުރަތަމަ ކޮންގްރެސް އިއްޔެ ވަނީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސުކޫލްގައި ބާއްވާފައިވާއިރު، އެ ޕާޓީގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އެކަނި ކުރިމަތިލެއްވުމުން އޭނާ ވަނީ ރައީސްގެ މަގާމަށް އައިސްފަ އެވެ. އަދި ނައިބް ރައީސުންގެ ގޮތުގައި ވަނީ މުހައްމަދު ސައީދު އާއި އަހުމަދު ނިހާން ހުސައިން މަނިކާއި އިބްރާހިމް ޝުޖާއުގެ އިތުރުން މުހައްމަދު ހުސައިން ޝަރީފް (މުންދު) އިންތިހާބް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް