ވިލާ ކޮލެޖާއި މޮސް އާއި ދެމެދު އެމްއޯޔޫ އެއްގައި ސޮއި ކޮށްފި

ޕްރޮޖެކްޓް ތަކާބެހޭ މައުލޫމާތާއި އިންޑަސްޓްރީއާއި ބެހޭ މައުލޫމާތު ދަރިވަރުންނާއި ހިއްސާކުރުމުގައި ދެފަރާތުން އެއްބާރުލުން ދިނުމަށްޓަކައި ވިލާ ކޮލެޖް އާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީ (މޮސް) އާއި ދެ...

28 Apr 2019 | 12:35

ޕްރޮޖެކްޓް ތަކާބެހޭ މައުލޫމާތާއި އިންޑަސްޓްރީއާއި ބެހޭ މައުލޫމާތު ދަރިވަރުންނާއި ހިއްސާކުރުމުގައި ދެފަރާތުން އެއްބާރުލުން ދިނުމަށްޓަކައި ވިލާ ކޮލެޖް އާއި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީ (މޮސް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮއްފިއެވެ.

މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ. އަދި މޯލްޑިވްސް އޯޕަން ސޯސް ސޮސައިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ރައީސް، ޔޫސުފް ޢަބްދުﷲ ޝުނާނެވެ.

މި އެއްބަސްވުމުގެ ދަށުން ޚާއްސަ ގޮތެއްގައި ދެފަރާތުގެ އެއްބާރުލުމާއި އެއްކޮށް އިންފޯމޭޝަން ޓެކްނޮލޮޖީ ކިޔަވަމުންދާ ދަރިވަރުންނަށް މި ދާއިރާއަށް ކޮންމެހެން މުހިންމު ޢިލްމީ އަދި ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި ހިންގޭނެ ހަރަކާތްތައް ރޭވިގެންދާނެއެވެ.

އެގޮތުން ދަރިވަރުންގެ އެސައިންމަންޓްތަކާއި ޕްރޮޖެކްޓްތައް އިޚްތިޔާރުކުރުމުގައި އެހީތެރިވުމާއި، މި ދާއިރާގެ ފަންނީ ރިކުއަރމަންޓްތަކަށް ދަރިވަރުން އަހުލުވެރި ކުރުމުގެ އިތުރުން ދާއިރާއަށް މުޅިން އަލަށް ތަޢާރަފްވާ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުން ކުރުމާއި އެއަށް އަހުލުވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ހުޅުވާލުން ހިމެނެއެވެ.

މީގެ އިތުރުން އިންފޯމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން އިތުރަށް ދިރާސާ ކުރުމުގައިވެސް ވިލާ ކޮލެޖާއި މޮސްގެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް