ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތްދޭން ފަށައިފި

ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު އެމްއާރުއައިގެ ޚިދުމަތްދޭން ފަށައިފިއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފަށާފައިވާއިރު، އެ ހޮސްޕިޓަލުގައި ޤާއިމްކޮއްފައިވާ ރޭޑިއޮލޮޖީ ޑިޕާޓްމަންޓްވެސް ...

28 Apr 2019 | 12:18

ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު އެމްއާރުއައިގެ ޚިދުމަތްދޭން ފަށައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފަށާފައިވާއިރު، އެ ހޮސްޕިޓަލުގައި ޤާއިމްކޮއްފައިވާ ރޭޑިއޮލޮޖީ ޑިޕާޓްމަންޓްވެސް ވަނީ މިއަދު  ހުޅުވައިދެއްވާފައެވެ.

މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ، އަދުގެ ސަރުކާރުގެ އަމާޒަކީ ސިއްޙީ ޚިދުމަތް ހޯދުމަށް މާލެ ދާން ނުޖެހޭވަރަށް، ހުޅުމާލެސިޓީގައި ސިއްޙީ ޚިދުމަތް ތަރައްޤީކުރުންކަމަށެވެ.

އަދި ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަ އިރު އާބާދީއަށް ހިދުމަތްދެވޭ ފެންވަރަށް ހުޅުމާލޭގައި ސިއްހީ ހިދުމަތް ގާއިމްކުރާނެ ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ އާ ރޭޑިއޮލޮޖީ ޑިޕަރޓްމަންޓުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އެކްސްރޭ ނެގުމާއި، އަލްޓްރާ ސައުންޑް ސްކޭން ހެދުމުގެ އިތުރުން އެމްއާރްއައި ހެދުމުގެ ޚިދުމަތްވެސް ލިބޭނެއެވެ. އަލަށްފެށި އެމްއާރްއައި ޚިދުމަތުގެ ސަބަބުން ކެންސަރާއި، ނާރުގެ ބަލިތަކާއި ސިކުނޑީގެ ބަލިތައްފަދަ ބޮޑެތި ބަލިތަކަށް ހުޅުމާލޭ ހޮސްޕިޓަލުން ޓެސްޓްތައް ހެދޭނެއެވެ.

މީގެއިތުރުން ހުޅުމާލެ ހޮސްޕިޓަލް ވަގުތީގޮތުން ހިންގުމާއިހަވާލުވެ ހުންނެވި ނާހިދާ ހަމީދު ވިދާޅުވީ ކުރިން އަށް ގަޑިއިރު ޚިދުމަތްދެމުންދިޔަ ހުޅުމާލެ ހޮސްޕިޓަލަކީ މިހާރު 24ގަޑިއިރު ޚިދުމަތްދޭ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް އެންމެ ޒަމާނީ ވަސީލަތްތަކާއިއެކު ލިބޭ ހޮސްޕިޓަލަކަށް ބަދަލުކުރެވިފައިވާކަމަށާއި އިތުރު ޚިދުމަތްތައް އެ ހޮސްޕިޓަލަށް ތާރަފްކުރުމަށް ތައްޔާރުވަމުންދާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް