އަންނަ އަހަރުން ފެށިގެން އެސްއެސްސީ އިމްތިހާނުގައި ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ހިމަނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިދިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އެސްއެސްސީ އިމްތިހާނުގައި ޤުރުއާން މާއްދާ ވަކިން ހިމަނާނެ ކަމަށާއި، އޭގެ ސަބަބުން ޤުރުއާން މާއްދާއަށް ދަރިވަރުން އަހުލުވެރިވެގެންދާނެ ކަމަށެވެ. އަދި ދަރިވަރުންނަށް ޤުރުއާން އުނގަންނައި ދިނުމަށް ހާއްސަ ސަމާލުކަމެއް ދީ، ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ޤުރުއާން މާއްދާއަށް މާރކްސް ދޭނެ ގޮތާއި މެދު މިނިސްޓްރީން ވިދާޅުވީ، މާރކްސް ދޭނީ ދެބަޔަކަށް ބަހައިލައިގެން ކަމަށާއި، އެގޮތުން ސުކޫލުގެ އިންޓާނަލް އެސެސްމަންޓުން 60 އިންސައްތަ މާކްސް ނަގައި ބާކީ 40 އިންސައްތަ ނަގާނީ ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ޕްރޮޖެކްޓް އެސެސްމަންޓުތަކުންނެވެ.
އެސްއެސްސީ އިމްތިހާނުގައި ޤުރުއާންގެ ބައިން ސުވާލުތައް މީގެކުރިން އައިސްފައިވަނީ އިސްލާމް މާއްދާގެ ޕޭޕަރުގައެވެ. އެސްއެސްސީ އިމްތިހާނުގައި މިހާތަނަށް ހަދަމުން އައީ ދިވެހި އަދި އިސްލާމް މާއްދާގެ އިމްތިހާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް