ނިއުމާ އެމްއާރުއެމް އަށް

ދިވެހިރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އަށް ސޮއިކޮށްފިއެވެ. ނިއުމާ އެމްއާރުއެމް އާއި ގުޅުމުން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ނި...

28 Apr 2019 | 08:18

ދިވެހިރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އަށް ސޮއިކޮށްފިއެވެ.

ނިއުމާ އެމްއާރުއެމް އާއި ގުޅުމުން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ނިއުމާއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެގޮތުން ނިއުމާ ސޮއި ކުރަން ހުރި ފޮޓޯއެއް ޓްވީޓް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ނިއުމާ މިހާތަނަށް މަސައްކަތް ކޮށްފައިވާ ހުރިހާ ފިލްމަކުންވެސް ފެނިގެން ގޮސްފައިވަނީ މުޖުތަމައަށް އޭގެ ސަބަބުން ކުރާނެ ފައިދާ ކަމުގައެވެ. އަދި ނިއުމާއަކީ ޕާޓީ ޕްރޮމޯތްކުރަން ބޭނުންކުރެވޭނެ ވަރުގަދަ ފަރާތެއް ކަމުގައި ވެސް އެމަނިކުފާނުގެ ޓްވީތުގައި ފާހަގަކުރައްވާފައި ވެއެވެ.

https://twitter.com/maumoonagayoom/status/1122193925777678336

އެމްއާރުއެމް އަކީ ޕީޕީއެމުން ވަކިވުމަށްފަހު ރައީސް މައުއޫން އެފެއްދެވި ޕާޓީއެކެވެ. ނަމަވެސް އަދި ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް 3000 މެމްބަރުންގެ ސޮޔާއި އެކީގައި ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް