އަބަދުވެސް ކައްކާ ހިތްވާ ކަމަށާއި، ވަގުތު ވާވަރަކުން އަމިއްލަފުޅަށް ކައްކައިގެން ކާކަމަށް އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޝޯ އެއްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، އެންމެ ކައްކާ ހިތްވަނީ ކިޗްޅީ އާއި ޕޯހާ (އިންޑިއާގެ ދެ ކެއުން) ކަމުގައެވެ. އޭގެތެރެއިންވެސް އެންމެ ކައްކާ ހިތްވަނީ ކިޗްޅީ ކަމުގައި މޯދީ ފާހަގަކުރެއްވިއެވެ.
ޕްރައިމް މިނިސްޓަރަކަށް ވުމުގެ ކުރިން ދަންވަރު ބަނޑުހައިވުމުން އަބަދުވެސް ކިޗްޅީ ކައްކައިގެން ކާކަމަށް އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުން އަންނަ މޯދީ ވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނަކީ އަބަދުވެސް ސިއްހަތައް ބައްލަވާ ބޭފުޅެއް ކަމުގައި ފާހަގަކުރައްވައި ވިދާޅުވީ، މިހާރު ކުރިއަށްވުރެ ބިޒީ ކަމުން އަމިއްލަފުޅަށް ކައްކައިގެން ކާނެ ވަގުތު ނުވާކަމުގައެވެ.
މޯދީ އިންޑިއާގެ ޕްރައިމް މިނިސްޓަރުގެ މަގާމަށް އިންތިޚާބުވީ 2014 ވަނަ އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް