ސްކައުޓް ހަރަކާތުގެ ސަބަބުން ދިވެހި ދަރިންގެ މެދުގައި އިޖްތިމާއީ ރަގަޅު އާދަތައް ހަރުލެވިފައިވޭ: ރައީސް

ސްކައުޓް ހަރަކާތް ރާއްޖެއަށް ތަޢާރަފުވިފަހުން، ވޭތުވެދިޔަ 60 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި އެތައް ދަރިންނެއްގެ ކިބައިގައި އިޖްތިމާޢީ ރަނގަޅު އާދަތައް ހަރުލެއްވުމުގައި ސްކައުޓް ހަރަކާތުގެ ދައުރު ބޮ...

28 Apr 2019 | 07:25

ސްކައުޓް ހަރަކާތް ރާއްޖެއަށް ތަޢާރަފުވިފަހުން، ވޭތުވެދިޔަ 60 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި އެތައް ދަރިންނެއްގެ ކިބައިގައި އިޖްތިމާޢީ ރަނގަޅު އާދަތައް ހަރުލެއްވުމުގައި ސްކައުޓް ހަރަކާތުގެ ދައުރު ބޮޑުކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައިސް މިފަދައިން ވިދާޅުވީ، ސްކައުޓު އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ރޭ ޖަމާލުއްދީން ސްކޫލުގައި ބޭއްވި "ވުޑްބެޖް ރީޔޫނިއަން ބެންކުއަޓް" ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސްކައުޓުގެ ހަމަތަކާއި އުސޫލުތައް ޤައުމުގައި ފެތުރިގެންދާވަރަކަށް އޭގެ ހެޔޮ އަސަރު މުޖްތަމަޢަށް ކުރާނެކަމަށާއި، އޭގެ ސަބަބުން ފަރުދުންގެ މެދުގައި އެއްބައިވަންތަކަން ވެސް އިތުރުވެގެންދާނެ ކަމުގައެވެ. މީގެ އިތުރުން، ސްކައުޓް ހަރަކާތުން އޯގާތެރިވުމަށާއި، އިތުބާރުހިފޭ ފަރާތަކަށް ވުމަށާއި، ކަންކަމަށް ފަރުވާތެރިވުންފަދަ މުހިންމު ސިފަތައް ކުދިންނަށް ދަސްކޮށްދޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ރާއްޖެ ތަރައްޤީކުރުމަށް މަސައްކަތް ކުރާއިރު، އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ވީހާވެސް ބޮޑަށް ދެމެހެއްޓޭނެ ގޮތަކަށް ތަރައްޤީ ގެނައުމަށް ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މީގެ ސަބަބުން ކުރިމަގުގެ ޖީލުތަކަށް ރާއްޖޭގެ ޤުދުރަތީ ވެށި، އެގޮތުގައި ހަލާކުނުވެ ފެންނަން އޮންނާނެކަމަށެވެ.

މި ހަފްލާގައި ސްކައުޓް އެސޯސިއެޝަންގެ ފަރާތުން ރައީސަށް ހަނދާނީ ފިލައެއްވެސް އެރުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް