މި އަހަރުގެ އޯގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ހުޅުވާލައިފިއެވެ.
މިކަމަށް ހުޅުވާލާފައިވަނީ އެ ޔުނިވާސިޓީން ކޮށްފައިވާ އިއުލާނެއްގައެވެ.
އެ އިއުލާނުގައި ބުނެފައިވާގޮތުގައި 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 12 މެއި 2019 ވާ އާދީއްތަ ދުވަހުން ފެށިގެން 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެއެވެ.
މި ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mvއިން ލިބެން ހުންނާނެ ކަމަށާއި އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމުގައިވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
[contentcards url="http://www.gazette.gov.mv/iulaan/view/101501" target="_blank"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް