ލަންކާ ބޮމުގެ ހަމަލާއާއި ގުޅިގެން ހޯދަން އިއުލާނުކުރި ދެމީހަކު އަތުލައިގެންފި

އަވަށްޓެރި ސްރީ ލަންކާގައި މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާ ފުލުހުން ހޯދަން އިއުލާނުކުރި މީހުންގެ ތެރެއިން ދެމީހަކު އަތުލައިގެންފިއެވެ. ލަންކާ ފުލުހުންނާ ހަވާލާދީ ލަންކާ...

28 Apr 2019 | 06:39

އަވަށްޓެރި ސްރީ ލަންކާގައި މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާ ފުލުހުން ހޯދަން އިއުލާނުކުރި މީހުންގެ ތެރެއިން ދެމީހަކު އަތުލައިގެންފިއެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ ލަންކާގެ ނިއުސް ފަސްޓުގައި ބުނެފައިވާގޮތުގައި އަތުލައިގެންފައިވަނީ މުހައްމަދު ސާދިކް އަބްދުލް ހަގް އާއި މުހައްމަދު ޝަހީދު އަބްދުލް ހަގް އެވެ. މި މީހުންނަކީ ސީއައިޑީން ހޯދަން އިއުލާނުކުރި ދެމީހެކެވެ.

ލަންކާގައި މިދިޔަ އާދީއްތަ ދުވަހު އަށް ބޮމެއް ގޮއްވާލައި 253 މީހަކު މަރާލާފައިވެއެވެ. ޒަހަމްވި މީހުންގެ އަދަދު އުޅެނީ 500 އަށްވުރެ މަތީގައެވެ. މި ހަމަލާތަކަށް ހަފްތާއެއް ވި ނަމަވެސް ލަންކާގެ އާއްމު ހާލަތު ރަނގަޅުވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް