ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ގްރޫޕާއި ގުޅުމުގެ މަސައްކަތް އެމްއެމްއޭގެ އެފްއައިޔޫއިން ފަށައިފި

ބައިނަލް އަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ގްރޫޕާއި ގުޅުމުގެ މަސައްކަތް އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓުން ފަށައިފި އެވެ. ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓްތަކާއި ބެ...

28 Apr 2019 | 05:19

ބައިނަލް އަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ގްރޫޕާއި ގުޅުމުގެ މަސައްކަތް އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓުން ފަށައިފި އެވެ.

ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓްތަކާއި ބެހޭ ގްރޫޕް އެގްމޮންޓް ގައި ބައިވެރިވުމުގެ ގޮތުން ދެ ގައުމަކުން ރާއްޖޭގެ އެފްއައިޔޫ ސްޕޮންސަރ ކުރަންޖެހެއެވެ. އެގޮތުން ސްރީލަންކާ އާއި ބަންގްލަދޭޝްގެ އެފްއައިޔޫއިން ވަނީ ރާއްޖޭގެ އެފްއައިޔޫ ސްޕޮންސަރކޮށްފައެވެ.

އެގްމޮންޓްގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުންކަމަށްވާތީ އެ ޝަރުތުތައް ރާއްޖޭގެ އެފްއައިޔޫގައި ހަމަވޭތޯ ބެލުމަށް ބަންގްލަދޭޝް އަދި ސްރީލަންކާގެ އެފްއައިޔޫގެ އިސްބޭފުޅުންގެ ޓީމެއް ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އަދި އެފްއައިޔޫގެ ހެޑް އިބްރާހިމް އަހުމަދު ނާސިރު ވަނީ މި ޓީމާއި ބައްދަލުކޮށްފައި ކަމަށާއި އަދި ރާއްޖޭގެ އެފްއައިޔޫންއިން ދަނީ މި ޓީމާއި ވަރަށް ގާތުން މަސައްކަތްކުރަމުން ކަމުގައި އެމްއެމްއޭއިން ބުނެއެވެ.

މީގެ އިތުރުންވެސް ފައިނޭންޝަލް އިންޓލިޖެންސް ޔުނިޓް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

އެގްމޮންޓްގައި ދުނިޔޭގެ 159 ގައުމެއްގެ އެފްއައިޔޫ ވަނީ ބައިވެރިވެފައެވެ.

[contentcards url="https://egmontgroup.org/"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް