ރޭގެ 12:00 އަށް ސުންގަޑި ހަމަވިއިރު، 39 ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިންތިޚާބާ ބެހޭ އާންމު ގަވާއިދާ އެއްގޮތަށް މާލީ ބަޔާން ހުށަހަޅާފައިވަނީ، 347 ކެންޑިޑޭޓުން ކަމަށްވެސް އީސީ އިން ބުންޏެވެ.
މާލީ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ތެރޭގައި، އަމިއްލަ 31 ކެންޑިޑޭޓަކާއި، ޕީޕީއެމްގެ 2 ކެންޑިޑޭޓު އަދި ޕީއެންސީގެ 1 ކެންޑިޑޭޓު ހިމެނެއެވެ. މީގެ އިތުރުން، އަދާލަތުގެ 1 ކެންޑިޑޭޓާއި، އެމްޓީޑީގެ 2 ކެންޑިޑޭޓުންގެ އިތުރުން ލޭބަރ ޕާޓީގެ 2 ކެންޑިޑޭޓަކު ހިމެނެއެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ވާގޮތުން ކޮންމެ ކެންޑިޑޭޓަކު ވެސް އެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ބާޔާން، އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީސީ އަށް ހުށައަޅަން ޖެހޭނެއެވެ. އެ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އެމްޑީޕީ، ޖޭޕީ އަދި އެމްޑީއޭގެ ހުރިހާ ކެންޑިޑޭޓުން ވަނީ މާލީ ބަޔާން ހުށަހަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް