ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ

ކާރަކާއި ސައިކަލެއްޖެހި ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދު...

28 Apr 2019 | 04:22

ކާރަކާއި ސައިކަލެއްޖެހި ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 06:45 ހާއިރުގައެވެ. އެކްސިޑެންޓްވީ ހުޅުމާލޭ ހުވަނދުމާ ގޯޅިން ނިކުތް ކާރެއް، ބޮޑުމަގުން އިރުން ހުޅަނގަށް ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓްވި ސައިކަލު ފަހަތުގައި އިން އަންހެންމީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އެ އަންހެންމީހާގެ ވާތު ފައިގެ ކުޑަހުޅުމަތިން ދެ ތަނަކުން ކަފައިގެން ގޮސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އިއްޔެގެ ވަގުތެއްގައިވެސް ކާރަކާއި ސައިކަލެއް ޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާފައިވެއެވެ. އިއްޔެ އެކްސިޑެންޓް ހިނގާފައިވަނީ ސެންޓްރަލް ޕާކު ކައިރިންނެވެ. ކޮންޓްރޯލުން ނެއްޓުނު ކާރެއް ކޮންޓްރޯލުވީ ސައިކަލެއްގައި ޖެހި ގޮސް ގަހެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް މާ ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް