ލ ފޮނަދޫގައި ކުރިއަށްގެންދިޔަ ޖަނާއިޒު ކޯސް ނިންމައި އެ ކޯހުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި އެވެ.
މި ކޯހަކީ ލ ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އެރަށު ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއް ކަމުގައިވާ ލ ފޮނަދޫ ޒުވާނުންގެ ގުޅުން ގުޅިގެން ލ ފޮނަދޫގައި ކުރިއަށްގެންދިޔަ ކޯހެކެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކޯހުގައި ޖުލް 29 ފަރާތަކުން ބައިވެރިވެފައި ވެ އެވެ. އޭގެ ތެރޭގައި 27 އަންހެނުންނާއި ދެ ފިރިހެނުން ހިމެނޭއިރު ކޯސް ނިންމުމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޝައިޚް މުހައްމަދު ހަލީމް އެވެ.
މި ކޯހުގައި ކޯހުގެ ބައިވެރިންނަށް ޖަނާއިޒް އަކީ ކޮބައިކަމާއި، ހިނެވުމާއި، ކަފުން ކުރުމާއި ކަށުނަމާދު ކުރާނެ ގޮތުގެ މައުލޫމާތު ވަނީ ފޯރުކޮށްދީފައި ކަމުގައި ކޯސް އިންތިޒާމް ކުރި ފަރާތުން މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް