ބީއެމްއެލްގެ އެންމެ ރަނގަޅު މުވައްޒަފަކަށް މޫސަ!

ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސްގައި މިދިޔަ އަހަރު މަސައްކަތް ކުރި އެންމެ ރަނގަޅު މުވައްޒަފަކަށް މޫސާ މުހައްމަދު ހޮވިއްޖެ އެވެ. އޭނާ އަށް އެކަމުގެ އިނާމު ދީފައިވަނީ ރޭ ބޭއްވި ބީއެމްއެލްގެ "ސްޓާފް ...

28 Apr 2018 | 08:11

ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސްގައި މިދިޔަ އަހަރު މަސައްކަތް ކުރި އެންމެ ރަނގަޅު މުވައްޒަފަކަށް މޫސާ މުހައްމަދު ހޮވިއްޖެ އެވެ.

އޭނާ އަށް އެކަމުގެ އިނާމު ދީފައިވަނީ ރޭ ބޭއްވި ބީއެމްއެލްގެ "ސްޓާފް އެވޯޑު 2018" ރަސްމިއްޔާތުގައި އެވެ. އެވޯޑު މޫސަ އާއި ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

އެންމެ ރަނގަޅު މުވައްޒަފުގެ އިތުރުން ރޭގެ ހަފްލާގައި ބީއެމްއެލްއިން ވަނީ 16 ދާއިރާއަކުން ފާހަގަ ކުރެވޭ މުވައްޒަފުންނަށް އެވޯޑު ދީފަ އެވެ. އޭގެ ތެރޭގައި ކަސްޓަމަރުންނާއި މުއާމަލާތް ކުރާ އެންމެ ރަނގަޅު މުވައްޒަފާއި އަތޮޅު ތެރެ އާއި މާލޭގެ ބްރާންޗުތަކުން އެންމެ ރަނގަޅު މުވައްޒަފުންނާއި، އެންމެ ރަނގަޅު ދޯނި މުވައްޒަފާއި، އެންމެ ރަނގަޅު ޑިޕާޓްމަންޓު ގެ އިތުރުން އަލަށް ގުޅުނު މުވައްޒަފުންގެ ތެރެއިން އެންމެ ރަނގަޅު މުވައްޒަފަށް އިނާމު ދީފައިވެ އެވެ.

މި ރަސްމިއްޔާތުގައި އެންޑްރޫ ވިދާޅުވީ  ބީއެމްއެލްގައި ބުރަކޮށް މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރެވޭ ކަމީ ލިބޭ ފަހުރެއްކަމަށެވެ. އޭނާ ވިދާޅުވީ ބޭންކުން ހޯދަމުންދާ ކާމިޔާބީގެ ފަހަތުގައި ތިބީ އެ މުވައްޒަފުން ކަމަށެވެ.

ބީއެމްއެލްއިން މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ކޮންމެ އަހަރަކު މި ހަފްލާ ބާއްވާއިރު އެ ބޭންކަން ވަނީ މަސައްކަތް ކުރަން އެންމެ ރަގަޅު އޭޝިޔާގެ ކުންފުނިތަކުގެ ތެރޭގައި ހިމެނި ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" މިދިޔަ އަހަރު ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް