ވޭމަންޑޫ ނަރުދަމާ އެޅުމުގެ މަސައްކަތް ފަށައިފި

ތ. ވޭމަންޑޫގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ. މި މަސައްކަތް ފަށްޓަވައިދެއްވީ އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. މި މަސައްކަތް ހަވާލުކޮށްފައ...

28 Apr 2018 | 07:50

ތ. ވޭމަންޑޫގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަސައްކަތް ފަށްޓަވައިދެއްވީ އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ އެލްއީ ޓްރިވެނީ ޖޭވީއާ އެވެ. އެ ކުންފުންޏާއި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރު ޖޫންމަހުގެ ތެރޭގައި އެވެ.

މިއީ 30,944,081.52 ރުފިޔާ ގެ މަޝްރޫއު އެކެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުއަށް ފައިސާ ހަރަދު ކުރަނީ އައިޑީބީ އާއި ސަރުކާރުގެ ބަޖެޓުންނެވެ.

މަސައްކަތް ނިމޭއިރު އެ ރަށުގައި ނަރުދަމާ ވިއުގަ ގާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމާއި އެ ނިޒާމް ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިން ގާއިމު ކުރުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް