ދިރާގު ޓީވީ އާއި ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ގދ. ތިނަދޫއަށް ދޭން ފަށައިފި އެވެ.
މި ހިދުމަތް އެރަށަށް ތައާރަފުކޮށް ދިރާގުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފައި އެވެ. އެގޮތުން ފައިބާ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބޭނެ އެވެ.
މި ދެ ހިދުމަތް އެ ރަށުގައި ދޭން ފެށުމުގެ ގޮތުން ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. އެގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގައި ގުރުއަތުން ހޮވުނު ފަރާތަކަށް 55 އިންޗްގެ ޓީވީ އަކާއި ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތް ދީފައި ވެ އެވެ.
މީގެ އިތުރުން ގުރުއަތުން ހޮވުނު އިތުރު ހަތަރު ފަރާތަކަށް ތިން މަސް ދުވަހުގެ ހިލޭ ދިރާގު ޓީވީ އަދި ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަންވަނީ ދީފައިއެވެ. މި ހަފުލާގައި މަޝްހޫރު ލަވަކިޔުން ތެރިޔާ އަދި ދިރާގު ބްރޭޑް އެމްބެސެޑަރު ޝަލަބީ އިބްރާހިމްގެ ހުށަހެޅުންތަކެއް ފެނިގެން ގޮސްފަ ވެ އެވެ.
ދިރާގުގެ ފައިބަ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން އަތޮޅުތެރޭގެ 39 ރަށަކަށް ފޯރުކޮށްދެ އެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް