އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ހޮލީވުޑް ބަތަލާ މޭގަން މާކްލްގެ ކައިވެނި ހަފްލާއަށް ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ދާނެ ކަމަށް އޭނާ ބުނެފި އެވެ.
ޝާހީ މި ކައިވެންޏަށް ދައުވަތު ދީފައިވަނީ ވަރަށް ގާތް ފާހަގަ ކޮށްލެވޭ މަދު ބަޔަކަށް ކަމަށްވެ ވެ އެވެ. ޕްރިޔަންކާއަށް މި ކައިވެނި ހަފްލާއަށް ދައުވަތު ލިބިފައި މިވަނީ މޭގަން އާއި އޮތް ގާތް ރަހުމަތްތެރިކަމަކުންނެވެ.
އެ ދެމީހުން ބައްދަލުވެފައިވަނީ މީގެ ތިން އަހަރު ކުރިން އެލީ މެގަޒިން އިން ކުރިޔަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ. އޭގެ ފަހުން ޕްރިޔަންކާ އާއި މޭގަން އަކީ ވަރަށް ގާތް އެކުވެރިންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޕްރިޔަންކާ އެ ހަފްލާއަށް ދާން ލާނެ ހެދުމެއް އަދިވެސް ނުނިންމެ އެވެ. އެހެންވެ އޭނާ އަދި ރަސްމީކޮށް އެ ހަފްލާއަށް ދާނެކަން އިއުލާނު ނުކުރަނީ އެވެ. އެކަމަކު މިދިޔަ ހަފްތާގައި ޓީވީ ޝޯއެއްގައި ޕްރިޔަންކާ ވަނީ ޝާހީ ކައިވެނި ހަފްލާއަށް ދާނެކަމަށް ބުނެފަ އެވެ.
ޕްރިންސް ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައިވަނީ 2016 ވަނަ އަހަރު އެވެ. އަދި މިދިޔަ އަހަރު ނޮވެމްބަރު މަހު އެންގޭޖް ވުމަށް ފަހު ކައިވެނި އިއުލާނު ކުރި އެވެ.
މި ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް